ލާރނިންގް މެނޭޖުމަންޓް ސިސްޓަމަކީ
ފުޅާގޮތެއްގައި މާނަކުރާނަމައެއީ ތަފާތު ސޮފްޓްވެއާތައް ބޭނުންކޮށްގެން ދަރިވަރުން،ޓީޗަރުން،އަދި އެޑްމިންސްޓޭޓަރުން އުނގެނުމާށާއި
އުނގަންނައިދިނުމަށް އިންޓްނެޓް މެދުވެރިކޮށް ބޭނުންކުރާ އޮންލައިން
ސިސްޓަމަށްކިޔާނަމެވެ. މިފަދަ ސިސްޓަމެއްގެ ބޭނުންހިފަންޖެހުނީ 90 ގެ އަހަރުތަކުގައި ކިޔަވައިދިނުމުގެ ދާއިރާގައި
މަސައްކަތްކުރެއްވި ބޭފުޅުންނަށް ފާހަގަވި ގޮތުގައި ޢާއިލާތަކުގެ ދިރިއުޅުން
ހުންނަގޮތުންނާއި ދަރިވަރުން އެކި ހިސާބުތަކުގައި ދިރިއުޅެން ދިމާުމުގެ ސަބަބުން
ކްލާހަށް ހާޟިރުވެ ކިޔަވަން އުޅުމަކީ ދަތިކަމަށްވުމުންނެވެ.
އެހެންގޮތަކަށް
ދަންނަވަނީނަމަ ލާރނިންގ މެނޭޖްމަންޓް ސިސްޓަމަކީ ހިންގުމުގެ ދާއިރާއިރާގެ
ލިޔެކިޔިމާއި ކިޔަވާ ދަރިަވރުންނަށް މަޢުލޫމާތު ފޯރުކޮށްދީ އެދަރިވަރުން Track ކުރުމާއި ކޯސްތަކުގައި ތަމްރީންކުރުމަށް
ބޭނުންކުރާ އޮންލައިން ސޮފްޓްވެއާއެކެވެ.
މިއީ މިފަދަ ސިސްޓަމްތަކުގައި މަސައްކަތް ހިނަގާ ގޮތުގެ ޗާޓެކެވެ.
ތާރީޚީ ނަޒަރަކުން ލާރނިން
މެނޭޖްްމަންޓް ސިސްޓަމް
ދުނިޔޭގައި އެންމެ ފުރަތަމަ
މިފަދަ ކޯސްތަކެއް ފަރުމާކޮށް ކިޔަވައިދޭން
ފަށާފައިވަނީ 1906-1907 ށް ( the University of Wisconsin-Extension ) ) އިންނެވެ.
މިހިސާބުން ފެށީގެން މެދުކެނޑުމެއްނެެތި ދުނިޔޭގެ ތަފާތު ޔުނިވަރސިޓީތަކުން އައީ ލާރނިން
މެނޭޖްްމަންޓް ސިސްޓަމް ތަރައްޤީކޮށް ކުރިއަރުވަން މަސައްކަތްކުރަމުންނެވެ.
ލާރނިން މެނޭޖްމަންޓް
ސިސްޓަމް ކުރިއަރަމުންއައި އަހަރުތަކާއި އެމަސައްކަތައް ފަރުމާކުރަމުން އައި
ޔިނިވަރސީތާއް:
·
1906-1907 The University of Wisconsin-Extension Was established the Firs Distance
Learning institution in the world Education Scenario
·
1909 “The Machine stop” a short story by E,M, Forster which
Describes an Audiovisual communication network being used to deliver a lecture
on Australian music a remote Audience.
·
1920 Sidney Pre ssey, A psychology Professor invented a
reaching machine it offer Drill and Practice Experience and multiples type
Question Formats
·
1029 M.E. LaZerte, Director- School of Education, University
of Alberta
·
1953 University of Houston
·
1956 – 1958 Harvey
Write
·
1960 University
of Illinois
·
1967 The
Division of Education Research Service
·
1969 The Us Department of Defense Commission Arpanet
·
1970 Patrick Suppers, Professor at Stanford University
·
1974 Murray Turoff Founded the Computerized Conferencing and Commutations
Center at New Jersey Institute of technology
·
1979 Prestel,
the World’s First Public Viewdata Seevice
·
1980 Successmaker
is a K-12 Learning Management System
·
1981 School of
management and Strategic Studies at the Western behavioral Sciences Institute
in La Joll, California Stars an online Program
·
1985 In 1985 the
Graduate School of Computer and information Sciences at Nova Southeastern
University
·
1987 NKI
Distance Education Norway Starts its First Online Distance Education Courses
·
1994 TeleEducation
NB
މިހެން މިދާއިރަ ކުރިއަރަމުންގޮސް 90 ގެ އަހަރުތަކުގައި
ވަނީ މަތި އުޑުގައި ފިޔަ ޖަހަންފަށާފައެވެ. އެގޮތުން ތަފާތު ސިފްޓް ވެއާތަކާއި
ތަފާތު އެޕްލިކޭޝަންމެދުވެރިކޮށް ދުނިޔޭގެ އކިސަރަހައްދުތަކުގައި ދިރިއުޅެމުންދާ
މީހުންތައްދަނީ އޮންލައިންކޮށް މަތީ ތާއުލީމު ޚަރަދު ކުޑަކުން ކިޔަވަމުންނެވެ.
މިކުރިއެރުން މިލިބުނީ ލާރނިން މެނޭޖްމަންޓް
ސިސްޓަމުން ހޯދު ކުރިއެރުމުގެ ބޮޑުކަމުންނެވެ.
ލާރނިންގ
މެނޭޖްމެންޓް ސިސްޓަމް އެއްގެ ސޮފްޓްވެއަރ އެއްގެ ތެރޭގައި އާންމުކޮށް ހިމެނޭ
ބައިތައް ނުވަތަ އޭގެ ތެރެއިން ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ.
ރޯސްޓާރސް
ހެދުން، ޑިއުޓީ ރޯސްޓާރސް ނުވަތަ ޑިއުޓީ ލިސްޓު
ހެދުން ނުވަތަ ކުލާހަކަށް ކޮންމެ ދުވަހަކު ހާޟިރުވާ ކުދިންގެ ލިސްޓު ސޮފްޓްވެއަރ
މެދުވެރިކޮށް ފަސޭހަކަމާއިއެކު ހަދަލުމައި ފައިލްތަކާއި ލިޔެކިޔުންތައް ސިސްޓަމް
މެދުވެރިކޮށް އަޕްޑޭޓް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން ކުލާހެއްގައިނަމަ،
ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގައި ބޭނުންކުރާ ސޮފްޓްވެއަރ މެދުވެރިކޮށް ހުރިހާ
ކުދިންނަށް މާކްސް ދީ ސްކޯތައް އޮޓޮމެޓިކްއިން ހަދާލެވިދާނެއެވެ. އަދި
ހަމައެއާއެކު ތަފާތު ކުރު ސުވާލު ކުއިޒްތަކާއި އަދި ކުރު ޓެސްޓުތައް ވަރަށް
ރޭވުންތެރިކަމާއިއެކު ސޮފްޓްވެއަރ މެދުވެރިކޮށް ކުރިއަށް ގެންދެވެން ހުރެއެވެ.
ލ،މ.ސ ތެރޭގައި ޢާންމުކޮށް ބޭނުންކުރާ
ބައެއް ސޮފްޓްވެއަރތައްކަށް ބަލާއިލާނަމެވެ.
1.ބްލެކްބޯރޑް
ލާރން
ބްލެކްބޯރޑް ލާރން އަކީ މަތީ ތަޢުލީމީ
ދާއިރާގައި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ
ސޮފްޓްވެއަރ އެވެ. މަތީތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި މިސޮފްޓްވެއަރގެ
މާރކެޓް ހިއްސާ ގާތްގަނޑަކަށް 41 އިންސައްތަ އޮވެއެވެ.
2. މޫޑްލް
މޫޑްލްއަކީ ހިލޭ ކިޔަވަންބޭނުންކުރެވޭ
އިންލައިން ސިސްޓަމެކެވެ. މި ސޮފްޓްއެއާ ބޭނުންކޮށްގެ ދުނިޔެގެ ކޮންމެ
ސަރަހައްދެއްގައި ދިރިއުޅީކަމުގައިވިޔަސް ކޮންމެ މީހަކަށްވެސް ހިލޭ ތަފާތު ކޯސްތަކާއި އެހެނިހެން ހުނަރުތައް
ދަސްކުރެއެވެ. މިއީ އޮންލައިން ކިޔެވުމަށް ވަރަށް ފަސޭހަ ސޮފްޓް އެއާއެކެވެ. މި
ސޮފްޓް އެވާއާގައި ބޭނުންވާ ލިޔެކިޔުން ތައް ޑައުންލޯޑްކުރުމާއި އެސައިންމަންޓް
ތައް ފަސޭހަކަމާއެކު އަޕްލޯޑް ކޮށްލެވެ. އަދި މިއީ ހިލޭ ކިޔެވޭ ސައިޓަކަށްވުމުން
ވަރަށް ގިނަމީހުން މޫޑްލް މެދުވެރިކޮށް ތަފާތުކޯސްތައް ހަދަމުންދެއެވެ. ތިރީހައިވާ
ސޮފްޓް ވެއާތަކަކީވެސް މޫޑްލް ގޮތަށް ތަފާތުކޯސްތަކާއި ކުދި ވިޔަފާރިތައް
ހިންގުމަށް ބޭނުންކުރާ އިންޑަސްޓްރީގައި މަސްޙޫރުކަން ހޯދާފައިވާ
ފޮސްޓްވެއާތަކެކެވެ.
ދުނިޔޭގެ ލެވަލްގައި ލ،މ،ސ، އެންމެ
މަޝްހޫރުކަމާއި ކާމިޔާބުކަމާއެކު ބޭނުންކުރާ އޮންލައިން ސޮފްޓް އެވާތައްކުޗާރޓް
ހިމަނާލާނެމެވެ.
ލިޔުނީ: ޢަލީނަޢީމް
ޕޯސްޓް ގްރެޖްއޭޓް ޑިޕޮލޮމާ އިން ޓީޗިނގް
ރެފަރެންސް:
http://elearninginfographics.com/the-history-of-learning-management-systems-infographic/
http://www.trimeritus.com/bookchapter.pdf
https://www.mindflash.com/lms
އާދައިގެ އޯލެވެލް ފެންވަރުގެ ކުދިން ކިޔަވާލަން ރަނގަޅު ބޭނުންތެރި ސައިޓެއް ނެތްތޯ؟
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteވަރަށް ފަޝުވި އިބާރާތތުން ލިޔެވިފައިވާ ލިޔުމެއްކަން ފާހަގަކުރަން
ReplyDeleteماشأءالله ވަރަށް ފުރިހަމައަށް ކުރައްކުރައްވާފައވާ މަސައް ކަތެއްކަން ފާހަގަ ކުރެވޭ. މަޢުލޫމާތުވެސް ވަރަށް މުއްސަނދި.
ReplyDeleteماشأءالله ވަރަށް ފުރިހަމައަށް ކުރައްކުރައްވާފައވާ މަސައް ކަތެއްކަން ފާހަގަ ކުރެވޭ. މަޢުލޫމާތުވެސް ވަރަށް މުއްސަނދި.
ReplyDeleteލާނިންގ މެނޭޖުމަންޓު ސިސްޓަމަކީ ކޮބާކަމާއި ކުރިއަރަމުން އައިސްފައިވާގޮތް ތާރީޚް ތަކާއެކު ބަޔާންކޮށް ދެއްވާފައިވާ ވަރަށް ފުރިހަމަ ލިޔުމެކެވެ.
ReplyDeleteއިލްމީގޮތުން ވަރަަށް ފުރިހަމަ އެހާފުރިހަމައަށް އިންސާފު ކުރެވިފައިވާ އާޓިކަލެއް
ReplyDeleteއިލްމީގޮތުން ވަރަަށް ފުރިހަމަ އެހާފުރިހަމައަށް އިންސާފު ކުރެވިފައިވާ އާޓިކަލެއް
ReplyDeleteވަރަށް ގިނަ މައުލޫމާތު ތަކެއް ލިބިއްޖެ . ލާނިންގ މެނޭޖްމެންޓް ގެ ބޭނުންކޮށްގެން ކުރެވިދާނެ ކަތައްތައް ވަރަށް ތަފްޞީލްކޮށް ގެނެސްދީފައިވޭ . ފޮޓޯކޮޅެއް ލީނަމަ އިތުރަށް ފުރިހަމަވެގެންދާނެ
ReplyDeleteވަރަށް ގިނަ މައުލޫމާތު ތަކެއް ލިބިއްޖެ . ލާނިންގ މެނޭޖްމެންޓް ގެ ބޭނުންކޮށްގެން ކުރެވިދާނެ ކަތައްތައް ވަރަށް ތަފްޞީލްކޮށް ގެނެސްދީފައިވޭ . ފޮޓޯކޮޅެއް ލީނަމަ އިތުރަށް ފުރިހަމަވެގެންދާނެ
ReplyDeleteވަރަށް ގިނަ މައުލޫމާތު ތަކެއް ލިބިއްޖެ . ލާނިންގ މެނޭޖްމެންޓް ގެ ބޭނުންކޮށްގެން ކުރެވިދާނެ ކަތައްތައް ވަރަށް ތަފްޞީލްކޮށް ގެނެސްދީފައިވޭ . ފޮޓޯކޮޅެއް ލީނަމަ އިތުރަށް ފުރިހަމަވެގެންދާނެ
ReplyDeleteހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ
ReplyDeleteރަނގަލހު މައުލޫމާތު ތަކެއް ލިބިއްޖެ. ޝުކުރިޔާ ޖަނާބު ޢަލީ ނަޢީމު
ReplyDelete