Conclusion

ނިންމާލުމުގެ ކުރިން


                  الحمدلله الذي علَّم بالقلم علم الإنسان ما لم يعلَمْ، والصلاة والسلام على أفصح         العرب والعجم   وعلى آله وصحبه وسلم.
      އާދެ! މި އަގުހުރި ރިވެތި މަސައްކަތް ފަށައިގަތުމަށް އިރާދަކުރެއްވިފަދައިން ނިންމާލުމުގެ ތަޥްފީޤުދެއްވި ޤަދީރުވަންތަ އިލާހަށް ޙަމްދާއި ޝުކުރު ތަކުރާރުކޮށް ދަންނަވަމެވެ.
     މި މަސައްކަތުގެސަބަބުން ކުރިން އެއްގޮތަކަށްވެސް އެނގިފައިނުވާ " އެޑިއުކޭޝަނަލް ޓެކްނޮލޮޖީ " އާބެހޭ ފަހުގެ ވަރަށްގިނަ މަޢުލޫމާތާއި މުޅިންއައު އެތައްކަމެއް އެނގިގެން ދިޔަކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.އެނގި ހާމަވެގެން ދިޔައީ އަޅުގަނޑުމެން މި އުޅެމުންމިދާ ދުނިޔެއަކީ އެތައްގޮތަކުން ބަވަނަވެފައިވާ މިނެއްނެތް ޢިލްމާއި ހުނަރުގެ ޚަޒާނާތަކުން މުއްސަދި ވެފައިވާ ދުނިޔެއެއްކަމެވެ.އީ-ލާނިންގ އަކީ މިދެންނެވި ޚަޒާނާގައި ފޮރުވިފައިވާ އަގުބޮޑު ޖަވާހިރެއްކަމެވެ. ސައިންސާ ޓެކްނޮލޮޖީގެރޮނގުން ކުރިއަރާފައިވާ މިއަދުގެ މިޒަމާން މިވަނީ އުގެނުމާއި އުގަންނާދިނުމަށް ، އިލްމާއި ހުނަރާއި މަޢުރިފާވެރިކަމުން މިދޭހަށް އުޖާލާކަންގެނައުމުގެ އާ އުސްބިންތަކަކަށް ވާޞިލުވެފައެވެ. ޢިލްމުގެނޫރުން މިޢާލަމު ނޫރާނީކޮށް މަޢުލޫމާތު ހިއްސާކުރުމަށް އީ-ލާނިންގ އަށް ވުރެ ވަކިންބާރު ގަދަވަސީލަތެއް ނެތޭ މި ދަންނަވަނީ ފިސާރި ސާބިތުކަމާއެކުއެވެ.މިފަދަ ޢިލްމު ލިބިވަޑައިތިއްބެވި ޓެކްނޮލޮޖީއަށް އަހުލުވެރި ބޭފުޅުން ޢިލްމާއި މައުރިފާގެ އަގުހުރި ޚަޒާނާތައް ސެއާރކުރުުމުގައި ވަރަށްބޮޑު ޙިއްސާއެއް އަދާކުރެވިދާނެއެވެ.
    ފޫހިވުމަކާނުލައި ކުޑަވަގުތުކޮޅެއްގެތެރޭގައި ހެޔޮއަގުގައި އުގެނުމާއި އުގަންނައިދިނުމުގައި މަޢުލޫމާތު ފެތުރުމުގެ މި މަސައްކަތުގެމިންވަރެއްދަސްކޮށްދެއްވި މި މާއްދާގެ އުސްތާޒަށް އެކަމުގެ ހެޔޮޖަޒާ ދެއްވާށި! މާތްﷲ އަޅަމެންނަށް ޓަކައި އުގެނުމާއި އުގަންނާދިނުމުގެ މިފަދަމަގުތައް ތަނަވަސްކޮށްދެއްވާށި! ޢިލްމުއުގެނުމުގެ މަގެއްތަނަވަސްކޮށްދެއްވި ފަރާތަކަށް ސުވަރުގެއަށް ދިއުމުގެ މަގެއްﷲތަޢާލާ ތަނަވަސްކޮށް ދެއްވާނެކަމުގެ އުފާވެރި ޚަބަރު މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމަވަނީ އުއްމަތަށް ދެއްވާފައެވެ.
أسال الله السّداد والرشاد، وأن يجعل هذا العمل خالصا ً لوجهه الكريم، إنه ولي ّ ذلك والقادر عليه، وصلى الله على خير خلقه محمد، وعلى آله وصحبه أجمعين.آ مين يا أرحم الرا حمين
            وفي الختام، أسال الله أن يخلص أعمالنا ويغفر زلاتنا ويختم بالصالحات آجالنا، وأن يعلمنا ما ينفعنا، وينفعنا بما علمنا، ويزيدنا علماً وعملاً صالحاً يرضيه عنا،
          الحمد لله وأشكره كثيرا على إتمام الرسالة وصلى الله على نبينا محمد وعلى آله وصحبه وسلم تسليما كثيرا
       وآخر دعوانا أن الحمد لله رب العالمين

                                      تمت بعون الله تعالى
              17 - 11- 2015  މ                                        

                                                                    المخلص
 سعود محمد ފުޅު
       

No comments:

Post a Comment