އީ-ލާނިންގ
އީލާނިންގ ޢާއްމު ގޮތެއްގައި
ބޭނުންކުރެވެނީ ނެޓްވޯކުން މަޢުލޫމާތާއި މުވާޞަލާތީ ޓެކްނޮލޮޖީގެ އެހީގައި އުނގެނުމާއި
އުނގަންނާދިނުމަށެވެ. މިތާންއެވާ “E”އަކީ އިލެކްޓްރޯނިކް،އެވެ. "އީ-ލާރނިންގ" މިބަސް އުފައްދާފައިވަނީ ޖޭ ކްރޮސް 1998 ގައެވެ. [1]
"ބަނާރޑް ލަސްކިން"
ބުނާގޮތުން، މީގެ މާނައަކީ ހަމައެކަނި އިލެކްޓްރޯނިކެއްނޫނެވެ. އިނގިރޭސިބަހުން 'އީ'
އިން ފެށޭ އެތައް ބަހެއް އެކުލެވޭގޮތަށް އީ-ލާނިންގް މާނަކުރެވެން ޖެހެއެވެ. އެއީ އީ-ލާނިންގްއަކީ "“exciting, empirical, empathetic, extra, emerging,
energetic, exceptional, early, eloquent, everywhere, ephemeral, extended,
effortless, epic, evangelistic, eclectic, engaging, extended" މިފަދަ އެތައް ކަމެއް އޭގައި ހިމެނޭ ކަމަކަށްވުމުންނެވެ.[2]
މީގެ ތެރޭގައި އީލާނިންގ
އޮންލައިން، Virtual ލާނިންގ، ޑިސްޓްރިބިއުޓެޑް ލާނިންގ، ނެޓްވޯކްޑް އަދި ވެބް-ބޭސްޑް ލާނިންގ ހިމެނެއެވެ.[3] އުނގެނުމަށް
ޝައުޤުވެރިވާ މީހާއަށް އީ-ލާރނިންގ އަކީ ކާމިޔާބު ވަޞީލަތެކެވެ. އިލެކްޓްރޯނިކް ޓެކޮނޮލޮޖީ
ވަކި ޚާއްޞަ މަންހަޖެއް (މިސާލަކަށް ކޯހެއް، ޕޮރްގުރާމެއް ނުވަތަ ޑިގްރީއެއް) އެއްކޮށް
ފުރިހަމަ ކުރުމަށްޓަކައި ބޭނުންކުރުމަކީވެސް އީ-ލާރނިންގ އެވެ. [4]
އީ-ލާރނިންގ ގެ ބައެއްފައިދާ (އެޑްވާންޓޭޖް) ތައް
Ø އުގެނުމާއި އުގަންނައިދިނުމަށް
ކުރަންޖެހޭ ދަތުރާއި ގިނަޚަރަދާއި ވަގުތާއި
މަސައްކަތުގެ ބޮޑުބަޔެއް ސަލާމަތްވުން
Ø ތިމާއާ ގުޅޭ އަދި ކިޔަވަން ބޭނުންވާ ލާރނިންގ
މެޓީރިއަލެއް އިޚްތިޔަރުކުރުމުގެ ފުރުސަތު އޮތުން
Ø ކޮމްޕިއުޓަރެއް އަދި އިންޓާރނެޓް ހުރި
ކޮންމެ ތަނެއްގައިވެސް ކިޔެވެން އޮތުން
Ø ސެލްފް-ޕޭސްޑް މޮޑިއުލްސްތަކުގައި ބޭނުންވާ
ސްޕީޑެއްގައި ކިޔެވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތުން
Ø ބޭނުން ވަގުތެއްގައި ޗެޓްރޫމްސް ތަކުގައި
އިންސްޓްރަކްޓަރުންނާ ކިޔަވާ ކުދިންނާ އެކީ ޑިސްކަސް ކުރުމުގެ ފުރުޞަތު ތަނަވަސް
ވެފައިވުން
Ø ކޮމްޕިއުޓާރ އަދި އިންޓަރނެޓް ބޭނުން
ކުރުމުގެ ހުނަރު އިތުރުވުން
Ø ކާމިޔާބުކަމާއެކު ނިންމާފައިވާ އޮންލައިން
ކޯހަކުން ސެލްފް ކޮންފިޑެންސް އަދި ސެލްފް ނޮލެޖް އިތުރުކޮށްދެއެވެ. [5]
Ø ތިމާ ކުރިއަށް ދާން ބޭނުންވާ ސްޕީޑެއްގައި
ކިޔެވުމުގެ ފުރުސަތު ލިބުން
Ø
އަމިއްލަ ޤާބިލުކަން ހުންނަ މިންވަރަކުން އުނގެނެމުން ދިއުން
Ø
އުނގެނި ދަސްކުރުމުގެ ތަފާތު ވައްތަރުގެ ހުނަރާ ޤާބިލުކަން ލިބުން
Ø
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުނަރު ދަސްވުން
އީ-ލާރނިންގ ގެ ބައެއް
ގެއްލުން (ޑިސްއެޑްވާންޓޭޖް ) ތައް
♠
ބޭނުންވާ ކޮންމެ ހިނދަކު އިންސްޓްރަކްޓާރސްގެ އެހީ ހޯދަން ދަތިވުން
♠
އިންޓަނެޓް ނުވަތަ ކޮމްފިއުޓަރ ސްލޯވުން
♠
ލިޔެ ކިޔުމަށް ބޭނުންކުރެވޭ ފަންނީ މަސައްކަތް ކުރަންޖެހޭ ކޯސްތައް ފުރިހަމަ ކުރަން
އުނދަގޫވުމާއި އެނގިފައިހުރި އެފަދަ ޤާބިލުކަން ކޮށިވެ ލިބިފައިވާ ހުނަރުތަކަށް
ހީނަރުކަންއައުން
♠
އިންޓަރނެޓް ނުވަތަ ސިސްޓަމް ސްލޯވުމުގެ ސަބަބުން ނުވަތަ ނުލިބުމުގެ ސަބަބުން
ކިޔެވުމަށް ހުރަސް އެޅި މަސައްކަތް ހުއްޓޭގޮތްވުން
♠
ޓެކްނޮލޮޖީއަށް އަހުލުވެރިނުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ޙައްލުކުރަން
ދަތިވުން
♠
ލިޔެކިޔުމުގެ ފެންވަރު ދަށްވެ ޒަމާންވީ ޢިލްމީ ވަޞީލަތްތަކަށް ކޮށިވުން (މިސާލަކަށް
ކޮންމެ ފިލާވަޅެއް ޕްރެޒެންޓޭޝަން އަޅުވައިގެން ކިޔަވާ ދޭން އާދަކޮށްފާވާ ޓީޗަރު ކަރަންޓު
ނެތުން ފަދަ ކަމެއް ދިމާވުމުން ބޯޑުގައި ލިޔުންފަދަ ފަންނުތައް ގެއްލި ދުވަހުގެ މަސައްކަތް
ހުއްޓުން-[7]
އީ-ލާރނިންގ ގެ ވައްތަރުތައް.
އީ-ލާނިންގ ގެ ދެވައްތަރުގެ
ތެރޭގައި (synchronous learning) އެއްވަގުތެއްގައި ދަސްކުރުން
ހިމެނެއެވެ. މީގެ މާނައަކީ ކިޔަވާ އިންސްޓްރަކްޓަރާއި ދަރިވަރު ވެބް މެދުވެރިކޮށް އޮންލައިންވެ،
ވަގުތުން ޖަވާބުދީ ފީޑްބެކް ލިބޭގޮތަށް ކުރިޔަށްގެންދާ އީ-ލާނިންގްއެވެ. މިފަދަ ސެޝަންތަކުން
ނޭނގޭ އެއްޗެހި އޮޅުންފިލުވައި، ކުދިން ފިޅާވަޅުގައި ބައިވެރިވުމަށް ބާރުލިބެއެވެ.
އަދި އެކަކުއަނެކަކު ދެނެގަނެ، ކަންކަން ޕްލޭން ކުރަންވެސް މިއީ ރަނގަޅު ގޮތެކެވެ.
މިސާލަކަށް ވާޗުއަލް ކްލާސް ރޫމްސް މީގެ ތެރޭގައި ހިމެނެއެވެ.
އީ-ލާރނިންގ ގެ އަނެއް ވައްތަރަކީ
(asynchronous learning) ދެ ވަގުތެއްގައި ދަސްކުރުމެވެ.
މިއީ އެއްފަހަރާ ހުރިހައި އެންމެން އޮންލައިން ނުވިޔަސް، އީ-މެއިލް ނުވަތަ ޑިސްކަޝަންބޯޑެއްފަދަ
އެއްޗަކުން ކުރިޔަށް ގެންދެވޭ ސެޝަންތަކެވެ. މިފަދަ ޓްރެއިނިންގ ބޭނުންކޮށްގެން ދަރިވަރު
ބޭނުން ސްޕީޑެއްގައި ކިޔެވުން ކުރިއަށް ގެންދެވޭނެއެވެ. މީގެ ތެރޭގައި CD ROM ބޭނުންކޮށްގެން ކުރިއަށް
ގެންދާ ކޮމްޕިއުޓާ ބޭސްޑް ޓްރެއިނިންގ އާއި އިންޓްރަނެޓް މެދުވެރިކޮށް ކުރިއަށް ގެންދާ
ވެބް ބޭސްޑް ޓްރެއިނިންގ ހިމެނެއެވެ. [8]
ދެން ބަހާލެވިދާނެ އެއްގޮތަކީ ބޭނުންކުރެވޭ ވަސީލަތްތަކާއި
ވާސިޠާގެގޮތުންނެވެ. އެގޮތުން،
ޓެކްސްޓް ޑްރައިވަން (Text
Driven) މިއީ ލިޔުމާއި ފޮޓޯ އަދި އޯޑިއޯ ހިމެނޭގޮތަށް ދޭ ޕްރެޒްންޓޭޝަން
ފަދަ ބައިތަކެވެ.
އިންޓަރެކްޓިވް (Interactive): އެއީ އޯޑިއަންސް ބައިވައިކޮށްގެން، އޯޑިއަންސްގެ ފީޑްބެކާއި އެކު ކުރިޔަށް ގެންދެވޭ
ބައިތަކެވެ. ޚާއްޞަކޮށް ޓެކްސްޓް ޑްރައިވަމް އާއި ޚިލާފަށް ވީޑިއޯ ހިމެނޭ ގޮތަށެވެ.
ސިމިއުލޭޝަން (simulation): އެއީ ގްރެފިކްސްއާއި އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ކަމެއް ކުރާނެ ގޮތުގެ ސިމިއުލޭޝަނެއް
ދީ، ދެން ކުދިންނަށް ގޭމެއްގެ(ނުވަތަ ކުއިޒެއްގެ) ގޮތުގައި އެކަންތައް އަމިއްލައަށް
ކުރަން ދޭ ބައިތަކެވެ. [9]
އީލާނިންގ ގެ 4 މޮޑަލިޓީސް
ވެއެވެ. އެއީ:-
1.
އިންޑިވިޖުއަލްސެލްފް-ޕޭސްޑް އީ-ލާނިންގ (އޮންލައިންކޮށް): މިއީ ކިޔަވާމީހާ ކޯހެއް
ނުވަތަ ޑޭޓާބޭހެއް އިންޓަރނެޓް ނުވަތަ އިންޓްރަނެޓް މެދުވެރިކޮށް އޮންލައިންކޮށް ކިޔެވުމެވެ.
މިސާލަކަށް މީހަކު އެކަނި އިންޓަރނެޓުން ކިޔަވާ ނުވަތަ ރިސާރޗެއް ހެދުމެވެ.
2.
އިންޑިވިޖުއަލް ސެލްފް-ޕޭސްޑް އީ-ލާރނިންގ (އޮފްލައިން): އެއީ ކިޔަވާމީހާ އޮފްލައިންކޮށް
(އިންޓަނެޓް ނުގުޅާ) ޑެޓާބޭސް ނުވަތަ ކޮމްޕިއުޓަރ ބޭނުންކުރާ ލާނިންގ ޕެކޭޖްއެއް ނެގުމެވެ.
މިސާލަކަށް ކިޔަވާމީހާ ހާޑް ޑްރައިވް ނުވަތަ CD ނުވަތަ DVD ބޭނުންކޮށްގެން ކިޔެވުމެވެ.
3.
ގްރޫޕްއަކުން އެއްވަގުތެއްގައި ކިޔެވުން (E-learning synchronously):
ގްރޫޕެއް އެކީގައި އެއްވަގުތެއްގައި އިންޓްރަނެޓް
ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކިޔެވުމެވެ. މީގެ ތެރޭގައި ލިޔުން ބޭނުންކޮށްގެން ކޮންފަރެންސް
ނުވަތަ ދެފަރާތުގެ އޯޑިއޯ ނުވަތަ ވީޑިއޯކޮންފަރެސް ހިމެނެއެވެ. މީގެ މިސާލަކީ ކިޔަވާ
ބަޔަކު އެއްވަގުތެއްގައި ޗެޓް، އޯޑިއޯ ނުވަތަ ވީޑިއޯ ކޮނަފަރެންސް ހެދުން.
4.
ގްރޫޕްއަކުން އެކި ވަގުތުތަކުގައި އީލާނިންގ ބޭނުންކުރުން (E-learning asynchronously): މިއީ އެކުގައި ކިޔަވާ ގްރޫޕްއަކުން އެކި ވަގުތުތަކުގައި އިންޓްރަނެޓް ނުވަތަ އިންޓަނެޓް
ގެ ޚިދުމަތް ބޭނުންކޮށްގެން މަޢުލޫމަތު އެކްސްޗޭންޖް ކުރުމެވެ. މިސާލެއްގެ ގޮތުން އޮންލައިންކޮށް
ކުރެވުނު ޑިސްކަޝަންސްތައް އިލެކްޓްރޯނިކް މެއިލް ބޭނުން ކޮށްގެން ބެލުން ހިމެނެއެވެ.[10]
އީ-ލާރނިންގ ބޭނުންކުރާ
މީހުން ގިނަވަނީ އެއިން ލިބިދޭ މަޢުލުމާތާއި ކޮމިޔުނިކޭޝަން ޓެކްނޮލޮޖީއާއި އޭގެ ޚަރަދުގެ
ކުޑަ ކަމާ އަދި އެކި މީޑިއާތަކުގެ ރިސޯސް-ބޭސްޑް އުނގެނުމަށާއި އުނގަންނާދިނުމަށް ސަޕޯޓްކުރެވޭ
ވަރުގެ ޖާގަ ބޮޑު އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ސަބަބުންނެވެ.
އީ-ލާރނިންގ ޚާއްސަވާ
ސަބަބުތައް
އީ-ލާރނިންގ ޓެކްނޮލޮޖީ ޚާއްސަވާ ކަންތައްތަކުގެ ތެރޭގައި އީ-ލާރނިންގ
ގެ ފްލެކްސިބިލިޓީ ހިމެނެއެވެ. ފްލެކްސިބިލިޓީއޭ ބުނެވޭ ބަހުގެ މާނައަކީ ޓީޗަރުންނާއި
އެޑިޔުކޭޝަން އޮގަނައިޒޭޝަނަށް އެންމެ މުނާސަބުގޮތަށްވުރެ ވަކިވަކި ދަރިވަރުންނަށް
މަޢުލުމާތާއި ރިސޯސްތައް ބޭނުން ތަނެއްގައި،ގަޑިއެއްގައި އަދި ސްޕީޑެއްގައި ފަސޭހައިން
ލިބިދޭ ގޮތް ހަމަޖެހިފައި އޮތުމެވެ. މީގެ ސަބަބުން ދުރު ޤައުމުތަކުގައި ވަޒީފާއަށްދަމުން
ކިޔަވަން ބޭނުންވާ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްވެއެވެ.
އިލެކްޓްރޯނިކް މެދުވެރިކޮށް ހައިޕަމީޑިއާ އަދި މަލްޓިމީޑިއާ
ރިސޯސްތައް ހޯދުން. މިއިން ޕްރިންޓް، ވީޑިއޯ އަދި އޯޑިއޯ ފަދަ ތަކެތި ސްޓޯ ކުރެވޭނެއެވެ. [11]
އީ ލާރނިންގައި
ހިމެނޭ ބައެއްބައިތައް
ü
މުދައްރިސާއި ،ދަރިވަރާއި ނުވަތަ އެކުގައި އުޅޭ ކުލާހުކުދިން ނުވަތަ އެކުވެރިން
އޮންލައިންކޮށް ކުރާ މުޢާމަލާތް މީގައި ސާމިލްވެ
ü
އީ ލާރނިންގެ ފުރުސަތުތަކަކީ ޢާންމުކޮށް އިންޓަރނެޓާއި އަދި އެއާއި
ގުޅުންހުރި އާލާތްތަކާއި ސޮފްޓްވެއާތައް ބޭނުން ކުރުން
ü
އީ ލާރނިން ކުރިއަށްދަނީ ވަރަށް ފުޅާދާއިރާއެއްގައި ޓެކްނޮލޮޖީއާއި އޭގެ
އާލާތްތައް މެދުވެރިކޮށް
ü
އެއީ ވީޑިއޯ ، އޯޑިއޯ ، މޯބައިލް ފޯން ، ޑާޓާ ޕްރޮޖެކްޓަރސް ، ޑިޖިޓަލް
ކެމެރާ ، ދުނިޔޭގެ މަޝްހޫރު ސިސްޓަމްތަކާއި ، ސްމާޓް ބޯޑާއި އެކިވައްތަރުގެ
މިޒަމާނުގެ ބޯޑުތަކެވެ
ތަޢުލީމީ
ދާއިރާގައި އީ ލާރނިންގ ބޭނުން ކުރަންޖެހެނީ:
v
21 ވަނަ ގަރުނާއި ގުޅޭ ހުނަރާއި
ތަޢުލީމު ލިބިގަތުމަށް ދަރިވަރުންނަށާއި މުދައްރިސުންނަށް މަގުފަހި ވެގެން ދާތީވެ
v
ސެލްފް-ސްޓަޑީ ކުރުމަށް މަގުފަހިކޮށްދޭތީ
v
ތަފާތު މެތޮޑުތައް ބޭނުންކޮށްގެން ކިޔެވޭތީ
v
ޓެކްނޮލޮޖީއާއި ، ކިޔަވާދޭން ބޭނުންވާ ގިނަ ހުނަރާއި ކުދިންގެ ޝާމިލްވުން
އިތުރު ކޮށްދޭ ކަމަކަށް ވާތީވެ
v
މިއީ ކިޔަވާދިނުމަށް އާ އުކުޅުތަކާއި ހުނަރާއި ގާތްކޮށްދީ ވަގުތާއި ދުރުމިން
ގާތް ކޮށްދޭ ކަމަކަށް ވާތީވެ
v
އުޅޭ މާހައުލާއި އަދި މަސައްކަތް ކުރާތަނަށް ބޭނުންވާ އެކަށޭނަ ހުނަރު
ލިބިގެން ދާތީވެ[12]
އީލާނިންގ
ކްލާސްރޫމް
|
ޢާއްމު
ކުލާސްރޫމް
|
|
ޓީޗަރާ ދަރިވަރާ
ކޮމިއުނިކޭޓް ކުރާނީ އެއްވަރަކަށް.
|
ދަރިވަރަށްވުރެ
ގިނައިން ޓީޗަރު ވާހަކަ ދެއްކުން
|
ކްލާސްރޫމް ޑިސްކަޝަންސް
|
ގިނަ ލާރނިންގ
ޕްރޮސެސްތައް ހިނގާނީ ގްރޫޕްތަކުގަ ނޫނީ ވަކި ވަކި ކުދިން
|
ފިލާވަޅު
ނަގާދޭނީ މުޅި ކްލާހަށް، ގްރޫޕް ނޫނީ އިންޑިވިޖުއަލް ސްޓަޑީއެއް ނޯންނާނެ.
|
ލާރނިންގ
ޕްރޮސެސް
|
ޓީޗަރު ދަރިވަރު
މަޢުލުމާތައް މަގު ދައްކައިދޭ
|
ކޮލާސްރޫމްގައި
އޮތޯރިޓީ(ހުރިހާ ބާރެއް) ލިބިފައިވާނީ ޓީޗަރަށް
|
ޓީޗަރުގެ ރޯލް
|
ވަކި ތަނެއް އަދި
ވަގުތެއް ޚާއްސައެއް ނޫން.
|
ދަސްކުރާނީ
ސްކޫލް އަދި ކްލާސްރޫމް ތެރޭގައި
|
ދަސްކުރާތަން
|
ކުދިން ގިނައިން
ދަސްކުރާނީ ކިހިނެއްކަން (ހައުޒް) އަދި ވަޓްސް ދަސްކުރާނީ ވަރަށް މަދުން.
ކިޔެވުމުގެ ތެރޭގައި މަޢުލުމާތު ރިސާރޗްސް ތައް ހެދުމާއި އެއްކުރުން ހިމެނޭ.
|
އެކި
މާއްދާތަކުގެ ޓޮޕިކްސްތައް ނަގާދޭއިރު ކިހިނެއް ނުވަތަ ހައުޒް ގެ ބަދަލުގައި
ގިނައިން ދަސްކުރާނީ ކޯޗެއް ނޫނީ ވަޓްސްތައް. އަދި ގިނައިން ފުރިހަމަ ކުރާނީ ޓީޗަރުން
ޙަވާލުކުރާ ޓާސްކްސް ތައް.
|
ދަސްކުރުމުގައި
މުހިންމުކަން ދޭ ކަންތައްތައް
|
އީ-ލާނިންގް ކިޔަވައިދިނުމުގައި
ބޭނުންކުރާނަމަ ވިސްނާލަންޖެހޭ ކަންތައްތައް
އީ-ލާނިންގް ކިޔަވައިދިނުމުގައި އިންޓަރެކްޓިވް ވީޑިއޯ ބޭނުންކުރުމުން،
ކުދިންގެ ފަހުމްވުމާއި ދޭހަވުން އިތުރުވެއެވެ. އެހެންކަމުން މިފަދަ ވީޑިއޯ ބޭނުންކުރުން
މުހިއްމެވެ. [14]
އީ-ލާނިންގްގެ ސްޓްރެޑެޖީތައް ތައްޔާރުކުރުމުގައި ކުދިންގެ
އުޅުމުގެ (ބީހޭވިއަރ) އާއި ގުޅޭ އަދި ވިސްނުމާއި ގުޅޭ ސައިކޮލޮޖީގެ ތިއަރީތަކަށް އިޢާޔަތްކޮށް،
ކުދިން ޝައުޤުވެރިވާނެގޮތަށް މީޑިއާ ބޭނުންކުރުން.
ޕްރެޒެންޓޭޝަންފަދަ އެއްޗެހިތައްޔާރުކުރުމުގައި ބޭކާރު މަޢުލޫމާތު
ނުހިމަނާ، ފިލާވަޅުގެ މަޤްޞަދުތައް ހާޞިލްކުރުމަށް މުޤައްރަރުގެ ކޮންޓެންޓް ހުށަހަޅަށް
މަސައްކަތްކުރުން.
އެއްވައްތަރެއްގެ މީޑިއާގެ ބަދަލުގައި އެއްކިވައްތަރުގެ މީޑިއާ
ހުށަހެޅުން
ރަނގަޅު ކިޔަން ފަސޭހަ ފޮންޓް ބޭނުންކުރުން
އީ-ލާނިންގް މެދުވެރިކޮށް ކިޔަވައިދިނުމުން، އާދައިގް ކްލާސްރޫމަކުން
ކުއްޖާއަށް ލިބިދޭނެ ހުނަރުތައް ދަސްކޮށްދެވިދާނެއެވެ. އެހެންކަމުން، އީ-ލާނިންގް ދިނުމުގައި
ޓީޗިންގް ސްކިލްސްއާއި ކީ ކޮމްޕެންޓެންސީ ތައް ބޭނުން ކުރުން. [16]
މިއަދުގެ ދުނިޔޭގައި
އޮންލައިން ލާރނިންގ
20ވަނަ ޤަރުނުގެ ފަހުކޮޅު ކޮމްޕިއުޓަރ އަދި އިންޓަނެޓް ތަޢާރަފުވުމަށްފަހު
އީ-ލާރނިންގ ގެ ޚިދުމަތް ދަނީ ފުޅާވަމުންނެވެ.މިގޮތުން 1980ގައި އުފެއްދި އެންމެ ފުރަތަމަ MAC ބޭނުންކޮށްގެން ގޭގައި
ހުރެ ވަކި މާއަދާތަކާ ހުނަރުތަކެއް ކުރިއެރުވަން އެހީވެދެއެވެ. އަދި 1990 ގެ އަހަރުތަކުގައި
އިންޓަނެޓް ތަޢާރަފްވުމުގެ ސަބަބުން އޮންލައިން ލާރނިންގ ގެ ޚިދުމަތްދެވެން ފެށި ވާރޗުއަލް
ލާރނިންގ ގެ ޚިދުމަތް އިތުރަށް ތަނަވަސްވެގެން ދިޔައެވެ. މީގެ އިތުރުން 90 ގެ ކުރީކޮޅުގައި
ހަމައެކަނި އޮންލައިން ކޮށް ކިޔަވާ ކޯސްތަކެއް އެއްބައި ސްކޫލްތަކުގައި ތަޢާރަފްކުރެވުނެވެ.
އަދި މީގެ ސަބަބުން ވަގުތާއި ތަނުގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ނުލިބިފައި ތިބި
މީހުންނަށް އިތުރަށް ކިޔެވުމުގެ މަގު ތަކެެއް ތަނަވަސް ވިއެވެ.[17]
އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެޑިޔުކޭޝަނުން 12 އަހަރު ވަންދެން ކުރި މެޓަ-އެނަލަސިސް
ދިރާސާއަކުން ދައްކާ ގޮތުގައި އޮންލައިން އީ-ލާރނިން ބޭނުންކޮށްގެން މަތީ ތަޢުލިމު
ފުރިހަމަ ކުރާކުދިން ކްލާސްތަކަށް އެޓެންޑް ކޮށްގެން ކިޔަވާ ކުދިންނަށްވުރެ ކިޔެވުމުގެ
ޕާފާރމެންްސް ރަނގަޅެވެ. [18]
ސުޢޫދު މުޙައްމަދު ފުޅު
[1]
http://edutechwiki.unige.ch/en/E-learning
[7] https://community.articulate.com/series/getting-started/articles/what-is-e-learning
[8]
http://www.gc-solutions.net/resources/articles/different-types-of-e-learning-and-what-suits-me-best.html
[16] http://www.readcube.com/articles/10.1111%2Fj.1440-172X.2008.00716.x?r3_referer=wol&tracking_action=preview_click&show_checkout=1&purchase_site_license=LICENSE_DENIED
މިއީ ވަރަށް ޢިލްމީ ލިޔުމެއް،ماشاءالله!މައުޟޫއަށް ވަރަށް ފުރިހަމައަށް އިންޞާފުކުރެވިފައިވާ ލިޔުމެއ..
ReplyDeleteشكرا جزيلا .
Deleteވަރަށް ފުރިހަމަ ލިޔުމެއް. އިތުރަށް ވީޑިއޯއެއް ހިމަނާލާފައި ވުމުން ދެވިފައިވާ މައުލޫމާތު ފުރިހަމަކަމަށް ފާހަގަކުރެވޭ
ReplyDeleteشكرا جزيلا ..جزاك الله خيرا
Deleteމިއާރޓިކަލް ކިޔާލުމުން އީލަރނިންގ ވަރަށް ރަނގަޅަށް ދޭހަވެއްޖެ. ޝުކުރިއްޔާ
ReplyDeleteThank you
Deleteجزاك الله خيرا
މިއީ ވަރަށް މައުލޫމަތު މުއްސަދި އާޓިކްލއެއް. އަދި ޑިޒައިން ކުރުމުގާ އާދަޔާޚިލާފަށް މޮޅު ރޭވުންތެރި އާޓިކަލެއް
ReplyDeletevarah bodah shukuriyya.
Deleteجزاك الله خيرا
ވަރަށް ކަމުދާ މަޢުލޫމާތުތަކެއް އެކުލެވޭ އާޓިކަލްއެއް.. މިސާލަކަށް ޢާންމު ކްލާސްރޫމާއި އީ ލާރނިންގް ކްލާސްރޫމް، އަދި މުހިންމު ވީޑިއޯ އެއް ހިމެނުމަކީ މިއާޓިަކްލ ފުރިހަމަވެގެންދިޔަ ކަންތައްތަކެއް.. ماشاءالله!
ReplyDeleteشكرا جزيلا ..جزاك الله خيرا
Deleteماشأءالله زودك الله علما وفهما ވަރަށް ފުރިހަމަ މައުލޫމާތު މުއްސަނދި ލިޔުމެއްކަން ފާހަގަ ކުރަރަން.
ReplyDeleteThank You very much
Delete..جزاك الله خيرا
ماشأءالله زودك الله علما وفهما ވަރަށް ފުރިހަމަ މައުލޫމާތު މުއްސަނދި ލިޔުމެއްކަން ފާހަގަ ކުރަރަން.
ReplyDeleteއީ ލާނިން އާއި ބެހޭ ވަރަށް ވަނގަޅު ލިޔުމެއް ފައިދާ ކުރަނިވި މައުލޫމާތު ތަކެއް ލިގެންގޮއްސި . ވަރަށް ފުޅާދާއިރާއެއްގައި އީލާނިންއާދެރޭ ވިސްނާފައިހެރިކަން ފާގަކުރެވޭ
ReplyDeleteއީ ލާނިން އާއި ބެހޭ ވަރަށް ވަނގަޅު ލިޔުމެއް ފައިދާ ކުރަނިވި މައުލޫމާތު ތަކެއް ލިގެންގޮއްސި . ވަރަށް ފުޅާދާއިރާއެއްގައި އީލާނިންއާދެރޭ ވިސްނާފައިހެރިކަން ފާގަކުރެވޭ
ReplyDeleteއީ ލާނިން އާއި ބެހޭ ވަރަށް ވަނގަޅު ލިޔުމެއް ފައިދާ ކުރަނިވި މައުލޫމާތު ތަކެއް ލިގެންގޮއްސި . ވަރަށް ފުޅާދާއިރާއެއްގައި އީލާނިންއާދެރޭ ވިސްނާފައިހެރިކަން ފާގަކުރެވޭ
ReplyDeleteމައުލޫމާތު ރަނގަޅު ލިޔުމެއް. ފުޓްނޯޓުތަކުގެ ގޮތުގައި ހުރި ނަންނަބަރުތަކާއި އޭގެ ލިންކްތައް ގުޅުވާލެވިފައި ހުރިނަމަ ވަރަށް ފުރިހަމަވީސް. ސާސަބަސް ސުޢޫދު ސަރ
ReplyDeleteޝުކުރިއްޔާ އުސްތާޛު
ReplyDelete